އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކޮޅުވެއްޓިން ގެއްލުނު ތިން ވަނަ މީހާގެ ހަށިގަނޑު ވެސް ފެނިއްޖެ

އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާއި އެއް މޭލު ބޭރުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ތިން ވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނިގޮތުގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، ލަންކާ އަދި އިންޑިއާ ރައްޔިތެކެވެ. މީގެކުރިން ވަނީ ދިވެހި މީހާ އާއި އިންޑިއާ މީހާގެ ހަށިގަނޑު ފެނިފައެވެ.

އެމްއެންޑީއެފް އިން ބުނީ ލަންކާ މީހާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެއީ ލަންކާއަށް ނިސްބަތްވާ ބިދޭސީއެކެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓެކެވެ. މި އުޅަނދުން ޖުމްލަ ހަތް މީހަކު ދަތުރުކޮށްފައިވެއެވެ. އޭގެތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް