ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މިދިޔަ އޮގަސްޓް މަހު 129 ބިދޭސީން ޑީޕޯޓްކޮށްފި

އެކި ސަބަބުތަކާ ހުރެ 129 ބިދޭސީން އޯގަސްޓް މަހު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓްކޮށްފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓް މަހު 129 ބިދޭސީން ވަނީ އެކި ސަބަބުތަކާހުރެ ޑީޕޯޓްކޮށްފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންނާއި ވިސާއާ ޚިލާފުވި 87 ބިދޭސީއަކު ހިމެނެއެވެ.

މީގެއިތުރުން އިތުރުން ތަފާތު އެކި ސަބަބުތަކާހުރެ އަމިއްލަ ޤައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންވެސް ވަނީ އެ ޤައުމުތަކަށް ފޮނުވާލާފައެވެ. އެގޮތުން އޯގަސްޓް މަހު، ސިއްޙީ ސަބަބުތަކާހުރެ 28 މީހަކު ޤައުމަށް ފޮނުވާލާފައިވާއިރު އަމިއްލައަށް އެދިގެން 282 ބިދޭސީން އެ މީހުންގެ ޤައުމުތަކަށް އަނބުރާ ވަނީ ފޮނުވާލާފައެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 25 ތަނެއްގައި ރެއިޑް އޮޕަރޭޝަނެއް ހިންގައި ގަވާއިދާ ޚިލާފަށް އުޅުނު 26 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އޯގަސްޓް މަހު 11،651 ވޯކް ވިސާ ދޫކޮށްފަވާއިރު ގިނަ ވޯކް ވިސާ ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ. އަދި ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވޯކް ވިސާގެ އިތުރުންވެސް ތަފާތު އެކި ބާވަތްތަކުގެ ވިސާ އިމިގްރޭޝަނުން ދޫކުރެއެވެ. އެގޮތުން، މިދިޔަ އޯގަސްޓް މަހު ވިޔަފާރި ވިސާ 1،150 މީހަކަށް ދޫކޮށްފައިވާއިރު ޑިޕެންޑެންޓް ވިސާ 287 މީހަކަށް، ޚާއްސަ ވިސާ 140 މީހަކަށް، ސްޓޫޑެންޓް ވިސާ 31 މީހަކަށް، ސްޕޮންސާޝިޕް ޑެކްލަރޭޝަން ވިސާ 398 މީހަކަށް އަދި އެހެނިހެން ބާވަތްތަކުގެ ވިސާ 684 މީހަކަށް ވަނީ ދޫކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް