ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ބޮޑު ކާމިޔާބީއެއް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގުރުއާނުގެ އިލްމު ފެތުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284އަކަށް އަރާފައިފިއެވެ.

މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިވަގުތާ ހަމައަށް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި މީހުންގެ އަދަދު 284އަށް އަރާފައިވާ ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި އެ އަދަދު 500އަށް އަރާނެ ކަމަށެވެ.

ގުރުއާން ހިތުދަސް ކުރުމުގެ ކުލާސްތަކުގައި 1،500 މީހުން ދަސް ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ގިނައީ ޒުވާނުންނާއި ކުޑަކުދިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެންމެ ގިނަ މީހުން ގުރުއާން ހިތުދަސް ކުރުމަށް ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން، އަންނަ ރޯދަ މަހު 27 ވިލޭރޭ ފަންސާހެއްހައި ހާފިޒުން ދަސްވެނިވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ ދެމަހެއް ކުރިން އޮގަސްޓު ހަތަރެއްގައި ރައީސް ޑރ. މުއިއްޒު ވަނީ، ހާފިޒުންގެ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް