ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ޚާއްސަ ފެއާއެއް ފަށައިފިއެވެ.
މޯލްޑިވިއަނުން ބުނީ އަންނަ މަހުގެ 7 އަދި 9 އަށް ކޮލަމްބޯއަށް ޚާއްސަ ފްލައިޓެއް އޮންނާނެ ކަމަށެވެ. އެ ދުވަސްތަކުގައި ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 99 ޑޮލަރެވެ. އަދި އެ ފެއާގައި ދަތުރުކުރާ ފަރާތްތަކަށް 35 ކިލޯގެ ލަގޭޖު ގެންދެވޭނެއެވެ.
މޯލްޑިވިއަނުން މާލެއާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް 25ގަ އެވެ.
މޯލްޑިވިއަނުން ލަންކާއަށް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވައެވެ. މި ދަތުރުތައް ކުރަނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ.



