އިމިގްރޭޝަނުން ”އިމިގްރޭޝަން އިންސައިޓްސް“ ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައ ”އިމިގްރޭޝަން އިންސައިޓްސް“ ގެ މަގްސަދަކީ އިމިގްރޭޝަންގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުން އަރާ ކަންތައްތައް ސާފުކޮށް ދިނުމާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފުސީލުތަކާ އެކު އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން ޕްރޮގްރާމުގެ އެޕިސޯޑުތައް މި މަހު ފަށާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.