ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން އިއްޔެ އެކަނި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި އިޒްރޭލުން ފާއިތުވި 24 ގަޑިއިރުތެރޭ ދިން ހަމަލާތަކުގައި ގާޒާއިން 105 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެތެރެއިން 32 މީހުންނަކީ އެހީ ހޯދަން ގޮސް ތިބި މީހުން ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުތެރޭ 13 މީހަކު ބަނޑަށް ވަނީ މަރުވެފައެވެ.
ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހިލާފަށް އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަކޮށްފައިވާއިރު، ހަމަލާތައް ހުއްޓުމަކަށް ގެންނަން ހުށަހެޅި ކަންކަމަށް ހަމާސް ޖަމާއަތުން ވަނީ މިދިޔަ މަހުގެ މެދުތެރޭގައި އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް ވެސް އިޒްރޭލުން ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 63،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
ޖައްބާރު ނަތަންޔާހޫގެ މިހަމާލަތަކަކީ އެމެރިކާ އޭގެ އަޑީގައި އޮވެގެން މުސްލިމުންގެ ނަސްލެއް ނައްތާލުމަށް ހިންގާ ބޮޑު ޖަރީމާއެކެވެ.