ރާއްޖޭގައި ކެމިކަލްތަކާއި ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބޭނުންވާ މުއައްސަސީ ގާބިލުކަން އިތުރުކޮށް، ކެޕޭސިޓީ ބިލްޑިންގ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކެމިކަލްސް މެނޭޖްމަންޓް ކޮންސަލްޓަންޓް އެސްޕްލޭން ޕްރައިވެޓް ލިމިޓެޑާއެކު ފުރަތަމަ ވޯކްޝޮޕެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ ސަރުކާރުގެ އަދި ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކުގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ޓެކްނިކަލް ގާބިލުކަން ވަރުގަދަކޮށް، އެފަރާތްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް އެހީތެރިވުމެވެ.

މި މަޝްރޫޢުގެ ދަށުން، ކެމިކަލް މެނޭޖްމަންޓުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި، އާ އުކުޅުތަކާއި، ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މިއީ ރާއްޖޭގެ ތިމާވެއްޓާއި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ކެމިކަލްތަކާއި ކުނި ރަނގަޅަށް މެނޭޖްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.



