- Advertisement -spot_img

ޒުވާނުންގެ އަޑުއަހައި ޒުވާނުން އެދޭ ގޮތައް ކަންކަން ނިންމުމަށް ރައީސް ގޮވާލައްވައިފި

ހުރިހާ ނިންމުންތަކެއް ނިންމުމުގައި ޒުވާނުންގެ އަޑު އަހަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޒުވާނުންގެ އަޑުއަހައި ޒުވާނުން އެދޭ ގޮތައް ކަންކަން ނިންމުމަށް ހުރިހާ ދާއިރާއަކުން ވެސް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ. ޒުވާނުންގެ ވަށައިގެންވާ މުޖުތަމަޢުތަކުގައި، ސަރުކާރާއި ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް ނިންމުންތައް ނިންމުމުގައި އަދި ސަސްޓޭނަބަލް ޑިވެލޮޕްމެންޓް ގޯލްސްގައި ހިމެނޭ ކަންކަން ހާސިލް ކުރުމުގައި ޒުވާނުން ބައިވެރިކުރުވޭނެ ގޮތައް ކަންކަން ކުރަން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުގެ ސަރުކާރުން ސާބިތުވެ ދެމިއޮންނާނީ ޒުވާނުންނަކީ ބަދަލު ގެނައުމުގެ އެޖެންޓުންގެ ގޮތުގައި ގަބޫލުކޮށް، ތަރައްޤީ ހާސިލް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، ޒުވާނުންނަށް ލިބޭ ފައިދާތައް ހިމެނޭ ގޮތަށް ޒުވާނުން ބައިވެރި ކުރެވޭ މާހައުލެއް އުފެއްދުމުގައި.“ ރައީސް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޔޫތު ޑޭ 2025 ގެ ތީމް، ”އެސްޑީޖީތަކާއި އޭގެ ފަހަށް ޒުވާނުން ކުރާ ރަށުފެންވަރުގެ މަސައްކަތްތައް“ އިން ފާހަގަކޮށްދެނީ ދުނިޔޭގެ އުންމީދުތައް މުޖުތަމަޢުއިން ކުރިއަށްގެންދާ ޙަޤީޤަތްތަކަށް ބަދަލުކުރުމުގައި ޒުވާނުންގެ ޚާއްޞަ ދައުރެވެ. ތަރައްޤީގެ ބައިވެރިން ދުނިޔޭގެ ލަނޑުދަނޑިތައް ވަކި ރަށްތަކުގެ ޙާލަތްތަކަށް ތަރުޖަމާކޮށް ތަންފީޒުކުރަމުންދާއިރު، އެކަންކަން މުޖުތަމަޢުގެ ބޭނުންތަކާ އެއްގޮތްކޮށް އަދި ޤައުމީ އަދި ބައިނަލްއަޤްވާމީ އިލްތިޒާމްތަކާ އެއްގޮތްކުރުމުގައި، ޒުވާނުންނަކީ މުހިންމު ބައިވެރިންނެވެ. އެމީހުން ގެނެސްދޭ އުފެއްދުންތެރިކަމާއި، ވިސްނުމާއި، މުޖުތަމަޢުއާ އޮންނަ ގާތް ގުޅުމަކީ ސިޔާސަތާއި ޢަމަލީ މަސައްކަތާ ދެމެދު ހުރި ގެޕް ކުޑަކުރުމަށް އެހީތެރިވެދޭ ކަންކަމެވެ. އެސްޑީޖީ ޓާގެޓްތަކުގެ 65 އިންސައްތައަށްވުރެ ގިނަ ޓާގެޓްތައް ރަށު ފެންވަރުގެ ލޯކަލް ގަވަމެންޓްތަކާއި ގުޅިފައިވާއިރު، ޒުވާނުންގެ ބައިވެރިވުމަކީ އިޚްތިޔާރީ ކަމެއް ނޫންކަމާއި އެއީ ކޮންމެހެން ބޭނުން ކަމެއްކަން މިއަހަރުގެ ޝިއާރުން ބުނެދެއެވެ.

ގުޅުންހުރި ލިޔުންތައް