ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޖައްބާރު ނަތަންޔާހޫގެ އޯޑަރަށް އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންތަކެއް ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދިން ވައިގެ ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިންތަކެއް މަރާލައިފިއެވެ.

ގާޒާގެ އަލް ޝިފާ ހޮސްޕިޓަލް ކައިރީގައި ނޫސްވެރިންނަށް ހާއްސަކޮށްފައިވާ ޓެންޓަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި މަރުވެފައިވަނީ އަލްޖަޒީރާގެ ދެ ނޫސްވެރިއަކާއި ދެ ކެމެރާމަނެކެވެ.

އިޒްރޭލުން ޝަހީދުކޮށްލި އަލްޖަޒީރާގެ ނޫސްވެރިޔާ، އަނަސް އަލް ޝާރިފް

އިޒްރޭލުން ވަނީ މީގެތެރެއިން މަރުވި އަލްޖަޒީރާގެ ނޫސްވެރިޔާ، އަނަސް އަލް ޝާރިފް އަކީ އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ސެލްއެއްގެ ލީޑަރެއް ކަމަށް ބުނެފަ އެވެ. ނަމަވެސް މި ތުހުމަތުތައް އަލްޖަޒީރާ އިން ވަނީ ދޮގުކޮށްފަ އެވެ.

އިޒްރޭލުން ޝަހީދުކޮށްލި އަލްޖަޒީރާގެ ނޫސްވެރިޔާ، އަނަސް އަލް ޝާރިފް

އަލްޖަޒީރާ އިން ބުނީ އަނަސް އަކީ ނޫސްވެރިކަމުގެ ޒިންމާ އަދާކުރަން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން މަސައްކަތް ކުރަމުންދިޔަ ފަރާތެއް ކަމަށާއި ގާޒާގެ އުތުރުގެ ހިސާބުތަކުގައި ހިނގަމުންދާ ކަންކަން ރިޕޯޓުކުރުމުގައި އަނަސް ދިޔައީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

އިޒްރޭލުން ގާޒާއަށް 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް އަލްޖަޒީރާގެ 10 ސްޓާފަކު ވަނީ އެ ހަމަލާތަކުގައި މަރުވެފަ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެގައުމުގެ ސަރުކާރުން ދާދިފަހުން ވަނީ މުޅި ގާޒާ ހިފުމަށް ފާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް