އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއްޖެ

ޗުއްޓީއަށްފަހު މިއަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއްޖެއެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ނިމި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއްލިބުނެވެ.

މިއަދު މިފެށުނު ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22އާ ހަމައަށެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި ނުވަދިހާ ހާހެއްހާ ދަރިވަރުން ކިޔަވައެވެ. އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދެއެވެ.

އެޑުއުކޭޝަން މިނިސްޓްރީއިން ބުނެފައިވާގޮތުގައި، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވާދަރިވަރުންގެ އަދަދު ނިސްބަތުން އިތުރެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ %33 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި %21 މުވައްޒަފުން މާލޭގެ ހުރި ސްކޫލްތަކުގައި މަސައްކަތް ކުރެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން 2026 ވަނައަހަރުގެ ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް ބަދަލުވާނެއެވެ. އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް