އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކަރަންޓް ދޭންފަށައި، މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބިއްޖެ

މިއަދު ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނު މައްސަލައިގައި، މިހާރު މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މަޢުލޫމާތު ދީފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެގެން މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ގައެވެ.

”ކަރަންޓް އަލުން ދެމުން ދަނީ، މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބޭނެ“ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކަރަންޓް ކެނޑުމާއެކު، މައްސަލަ ދެނެގަތުމަށާއި ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފެށިކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ނަމަވެސް، މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނު ސަބަބު އަދި ސްޓެލްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް