ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި ބޯލާނެ ފެން ފޮދެއްވެސް ނުދީ މަރަނީ

އެމެރިކާގެ ވާގިވެރިކަމާއިއެކު ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި ބޯލާނެ ފެން ފޮދެއްވެސް ނުދީ މަރަން ފަށައިފިއެވެ.

ޣައްޒާގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ހަނގުރާމައިގައި ސުންނާފަތި ވެފައިވާއިރު، ބިމު އަޑިން ފެން ނެގުމަށް ބޭނުންކުރާ ޕަންޕުތައް ހިންގުމަށް ވެސް ކަރަންޓު ބޭނުންވާތީ، މިއީ ވެސް ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ޕަންޕުތައް ހިންގުމަށް ކުދި ޖަނަރޭޓަރު ބޭނުންކުރަމުން އައި ކަމުގައިވީ ނަމަވެސް، އެ ޖަނަރޭޓަރުތައް ހިންގަން ބޭނުންވާ ތެޔޮ މަދު ޙާލަތެއްގައި ނޫނީ ނުލިބެއެވެ.

ކަރުހިއްކުން ފިލުވާލައި ގައިންތާހިރުވުމަށް ފެންފޮދެއް ހޯދުމަށް ޣައްޒާގެ ރައްޔިތުން، ސުންނާފަތިވެފައިވާ ސަހަރެއްގެ ދުރު ސަރަޙައްދުތަކަށް ކޮންމެ ދުވަހަކު ވެސް ހިނގަން ޖެހެއެވެ. އެ ބުރަ މަސައްކަތަށް ފަހު ވެސް ލިބޭ ފެންފޮދަކީ އާންމުންގެ ޞިއްޙަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރުގެ ފެނެއް ނޫނެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ މަޤްސަދުގައި ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން، އަދި ކާބޯތަކެއްޗާއި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސްއެޅުމުގެ ސަބަބުން އެ ސަހަރުގައި ދަނީ އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރެމުންނެވެ.

ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމާބެހޭ ޔަހޫދީ އިދާރާ، ކޯގަޓުން ބުނަނީ އެ އިދާރާއިން ދެ ފެންހޮޅި މެދުވެރިކޮށް ޣައްޒާއަށް ގިނަ ޢަދަދެއްގެ ފެން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ފަލަސްޠީނުން ބުނަނީ މި ފެން ހޮޅިތައް މެދިވެރިކޮށް ފެން ނުލިބޭ ކަމަށާއި، ޔަހޫދީން ޣައްޒާއަށް ފޯރުކޮށްދެމުންދިޔަ ފެނާއި ކަރަންޓުގެ ޚިދުމަތް ހަނގުރާމަ ފެށިތާ މާ ގިނަ ދުވަހެއް ނުވެ ހުއްޓާލާފައިވާ ކަމަށެވެ.

އދގެ ކުޑަކުދިންނާބެހޭ އިދާރާ، ޔުނިސެފްގެ ތަރުޖަމާނެއް ކަމަށްވާ ޖޭމްސް އެލްޑަރ ވިދާޅުވީ ފެން ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ޣައްޒާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށެވެ. ބަނޑުހައިހޫނުކަމާއި ހަށިގަނޑުން ފެން މަދުވުމަކީ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި އާއްމުވެފައިވާ ޙާލަތު ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް