އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ފުވައްމުލައް ސިޓީއަށް

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

އެކަމަނާގެ މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު،އިޝިގަމީ ރުމިކޯ އަދި ޔޫއެންޑީޕީގެ ބޭފުޅުން ބައިވެރިވެވަޑައިނެވިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ފުވައްމުލައް ސިޓީއަށް ވަޑައިގަތުން

މިބޭފުންނަށް ފުވައްމުލައް ސިޓީން މަރުޙަބާ ވިދާޅުވީ މޭޔަރ އިސްމާޢީލް ރަފީޤާއި. ޑެޕިއުޓީ މޭޔަރ މުހައްމަދު ފިކުރީ އާއި ސިޓީ ކައުންސިލްގެ މެމްބަރުންނެވެ.

މި ދަތުރުފުޅަކީ ޔޫއެންޑީޕީއާއި ޖަޕާން ސަރުކާރާއި ގުޅިގެން އެވުޒާރާއިން ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަވާ ދަނޑުވެރިކަމުގެ ޕްރޮޖެކްގެ އަމަލީ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވަވާ ދަތުރުފުޅެކެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ފުވައްމުލައް ސީޓީގެ ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ގުޅުންހުރި ލިޔުންތައް