ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤުވާމީ މަންމައިންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބި ކަމަށެވެ.
މަންމައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 11 ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ މުޅި ދުނިޔޭގައި މަންމައިންގެ ލޯބި، އަޅާލުން އަދި ޤުރުބާނީއަށް ޝުކުރުވެރިވުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ދިވެހިރާއްޖޭގައިވެސް މި ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގައެވެ.



