2027 އަންނައިރު ބައެއް ދާއިރާތަކުގައި ބިދޭސީންނަށް ވަޒީފާގައި ނޫޅެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިންނަށް ބައެއް ދާއިރާތައް ޚާއްސަކުރަން ތިން އަހަރު ދުވަހުގެ މަޝްރޫއެއް މިދިޔަ އަހަރު ވަނީ އިއުލާންކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ދިވެހިންނަށް ޚާއްޞަކުރާ ދާއިރާތަކަކީ:
އޮޑިދޯނިފަހަރު ބަނުން
މާވަޑާމުގެ ދާއިރާ
ހެއަރ ޑްރެސަތ އެންޑް ބިއުޓީޝަން
ރިސޯޓް މިއުޒީޝަނުންނާއި ބޭންޑް
ކަސްޓަމަރ ސާވިސް
ހައުސްކީޕިން މެނޭޖަތ
ފްރަންޓް އޮފީސް މެނޭޖަރ
ހިއުމަން ރިސޯސަސް މެނޭޖަރ
ޑައިވިން އިންސްޓްރަކްޓަރ
ޓުއަރ ގައިޑުން
މި ދާއިރާތަކުގެ ތެރެއިން ހެއަރ ޑްރެސަތ އެންޑް ބިއުޓީޝަން އަދި ރިސޯޓް މިއުޒިކްގެ ދާއިރާތަކަކީ މިހާރު ބިދޭސީން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ދާއިރާތަކެވެ. އޭގެ ސަބަބުން ދިވެހިންނަށް ފުރުސަތު ގެއްލޭ ކަމުގެ ކަންބޮޑުވުން ދާއިރާގައި ހަރަކާތްތެރިވާ މީހުން އަބަދުބެސް ފާޅުކުރެއެވެ.
އެ މަޝްރޫއުގެ ދަށުން، އަންނަ އަހަރު ނިމޭއިރު، ތައުލީމު ލިބި، ތަމްރީނު ދެވިގެން، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވެސް އެ ވަޒީފާތައް ވާނީ ދިވެހީންނަށް އެކަނި ޚާއްސަ ވަޒީފާތަކަށް ކަމަށް އެ ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވިއެވެ.
”މާނައަކީ މިދިޔަ އަހަރުން ފެށިގެން، 2024، 25، 26، 2027 އަންނައިރު މި ލިސްޓުގައި މިހިރަ ދާއިރާތަކުގައި ބޭރު މީހުންނަކަށް ނޫޅެވޭނެ، ސިމްޕަލް އޭޒް ދެޓް“ ރައީސް ވިދާޅުވިއެވެ.
”އެހެންވީމަ ކީއްތޯ މިކުރަން ޖެހެނީ، ބަޔަކު ތަމްރީނު ކުރަން އެބަޖެހޭ އެމްޕްލޯޔާސް ވަރަށް ބޮޑަށް މިކަމާ އެބައުޅެން ޖެހޭ ދިވެހީންނަށް ވަޒީފާ ހޯދައިދޭން މި އުޅެނީ ބޭރު މީހުން ގެންގުޅޭ ވަރު މިދާއިރާއިން މި މަނާކުރަނީ، ނޫނީ ޑިސްކަރޭޖް ކުރަނީ.“ – ރައީސް އިތުރަށް ވިދާޅުވިއެވެ.
2026 ނިމެންވާއިރަށް އެ ދާއިރާތަކުގެ އިންވެސްޓަރުންނާއި ކުންފުނިތަކުން އިސް ނަގައިގެން، ސަރުކާރުގެ ތެރެއިން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިންނާއި އަމިއްލަ ގޮތުންވެސް، އެ ދާއިރާތަކުން ތިބެންވާނީ އެކަށީގެންވާ ވަރަށް، ދިވެހިން ތަމްރީނުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމަ ދިވެހި ކިޔަވާ ކުދިން ވެސް އަދި އިންޑަސްޓްރީއަށް ނުކުންނަށް ކުދިން ވެސް އެބަ ބަލަން ޖެހޭ ކޮބައިތޯ މިއީ ވަރަށް ރަނގަޅު ފުރުސަތުތަކެކޭ މިސާލަކަށް އޮޑިދޯނިފަހަރު ބަނުން، މާވަޑިކަމުގެ ދާއިރާ، ހެއާ ޑްރެސިން، ލިސްޓުގައި އެ ހުރިހާ ދާއިރާތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ތިމަންނަމެންނަށް އޮތް ފުރުސަތުތަކެކޭ،“ – ރައީސް ޑރ. މުއިއްޒު



