- Advertisement -spot_img

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޕްލޭން ވެލިޑޭޓް ކުރުމުގެ ބައްދަލުވުމެއް ބާއްވައިފި

ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި އަދި ހެޔޮ ނަތީޖާ ނެރެވެނޭހެން ކުރިއަށް ގެންދިއުމަށް ސަރުކާރުން އެކުލަވާލާ ”ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭން“ ވެލިޑޭޓް ކުރުމުގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު އެކުލަވާލާ މި ޕްލޭންގެ އެންމެ ފަހުގެ ދެލިކޮޕީއަށް ރާއްޖޭގެ ކަމާބެހޭ އެންމެހާ އިދާރާތަކާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން، އާއްމުންގެ ޚިޔާލާއި ލަފާ ވަނީ ސަރުކާރުން ހޯދާފައެވެ. މިއަދުގެ ބައްދަލުވުމަށް ފަހު، ޑަބްލިޔު އެޗް.އޯ އިން ޕްލޭންގެ ފައިނަލް ޑްރާފްޓް ސަރުކާރަށް ހުށަހެޅުމުން މި ޕްލޭން ސަރުކާރުން އަވަސް މުސްތަޤް ބަލެއްގައި އާއްމުކޮށް ތަންފިޒުކުރަންފެށުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ އަދި ވަކިން ޚާއްޞަކޮށް އަދުގެ ޒުވާންޖީލާއި މުސްތަޤްބަލްގެ ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރިކޮށް، ދިވެހި ރާއްޖެއަކީ ދުންފަތުން މިނިވަން ވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވަރާ، ދިވެހިންނަކީ ދުޅަހެޔޮ އާދަތަކަށް އަހުލުވެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުންގިނަ މަސައްކަތެއް ކުރައްވަމުން އަންނަކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ މުހިއްމު އަދި ހަރުދަނާ ސިޔާސަތުތަކަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ފުރިހަމަ ތާއީދު އަދި އޭގެ ތެރެއިން ބައެއް ސިޔާސަތުތަކަކީ ސީދާ އެމަނިކުފާނު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މުހިއްމު މަސައްކަތްތަކެއް ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ޤައުމީ ޕްލޭންއެއް ރައްޔިތުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ ބައިވެރިވުމާއި ޚިޔާލާއި އެކު އެކުލަވާލާ ތަންފީޒުކުރުމަކީ، މި ސިޔާސަތުތައް ކުރިމަގުގައިވެސް ދެމެހެއްޓެނިވި އަދި ނަތިޖާ ނެރެވޭނެގޮތަށް ތަންފީޒުކުރުމަށް އެކުލަވާލެވޭ ޕްލޭނެއްކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް