- Advertisement -spot_img

ޑރ. ޞަލާޙުލް ބުދައިރު، ރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ. މި ބައްދަލުކުރެއްވުމުގައި މާލެ ސަރަޙައްދުގައި އުޅުއްވާ ގިނަ އަދަދެއްގެ ޢިލްމުވެރިން ވަނީ ބައިވެރިވެލައްވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބޮޑެތި ޢިލްމުވެރިންވެސް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ ޢިލްމުވެރިންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ އިމާމުންނާއި ޚަޠީބުންނާއި، ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށްވެސް މިއަދު ޒިޔާރަތް ކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް