- Advertisement -spot_img

ސަރުކާރުގެ މުހިންމު މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސްގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލަށް ވަނުމަށް އެމަނިކުފާނު އެންމެންނަށް ދައުވަތު ދެއްވައިފިއެވެ.

ރަސްމީ ”އެކްސް“ އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޓްސްއެޕް ޗެނަލަށް ވަނުމަށް އެންމެންނަށް ދައުވަތު ދެއްވާފައެވެ.

http://whatsapp.com/channel/0029Vb

އެ ޗެނަލަކީ ސަރުކާރާ ގުޅުންހުރި، ކޮންމެ ދުވަހެއްގެ އަދާހަމަތަކާއި، މުހިންމު މައުލޫމާތުތަކާއި މެސެޖުތައް ހިއްސާ ކުރެވޭ ޗެނަލެއްކަން ވެސް ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ޗެނަލަށް ވަދެވޭނެ ލިންކް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ހިއްސާ ކުރައްވާފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އުފައްދާފައިވާފައި އެ ޗެނަލަށް މިހާރުވެސް 1000 އަށްވުރެ ގިނަ މީހުން ވަދެފައިވެއެވެ. ރައީސް ކުރައްވާފައި ހުންނަ ޕޯސްޓުތަކާއި، ރައީސް އޮފީހުން ހިއްސާ ކުރައްވާ އެންމެ ފަހުގެ ޚަބަރުތަކާއި، މިނިސްޓްރީތަކުން ކޮށްފައިވާ ޕޯސްޓުތަކުގެ އިތުރުން އެކިއެކި އެހެން މަންސަތަކުގައި ޕޯސްޓުކޮށްފައިވާ ސަރުކާރާ ގުޅުންހުރި ޚަބަރުތަކާއި ވީޑިއޯތައް ހިއްސާ ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް