ރާއްޖޭގައި އޯ ލެވެލްއަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި މިއަދު އޯ ލެވެލް އިމްތިހާނު ފަށައިފިއެވެ. މިއަދު ވަނީ ރާއްޖޭގައި އޯ ލެވަލްއަށް ކިޔަވައިދޭ 260 ސްކޫލުގައި އޯ ލެވަލް އިމްތިހާނު ފަށައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި މިފަހަރު އޯލެވެލް އިންތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 237 ސްކޫލެއްގައި ކަމަށާއި މާލެ ސަރަޙައްދުން 23 ސްކޫލެއްގައި ކަމަށެވެ.
ޖުމުލަ 7،971 ދަރިވަރުން މިފަހަރު އޯ ލެވަލް އިމްތިހާނު ހަދާއިރު އޭގެ ތެރެއިން އައިޖީސީއެސްއީ އިމްތިހާނު ހަދަނީ 7،666 ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެސްއެސްސީ އިމްތިހާނު ހަދަނީ 7،519 ދަރިވަރުން ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.
މަސްދުވަހުގެ ޗުއްޓީއަކަށްފަހު މިއަހަރުގެ ދިރާސީ އަހަރު ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއަހަރު ރާއްޖޭގެ ސްކޫލްތަކުގެ އެކިއެކި ގްރޭޑުތަކުގައި 90،000 ދަރިވަރުން ކިޔަވާނެއެވެ.



