- Advertisement -spot_img

ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތަރިކަ ހިމާޔަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތާރީޚީ ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބާގައި މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށް ވަނީ ވިދާޅުވެފައެވެ.

”ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން“ ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. ދުނިޔޭގެ ތަރިކައިގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ނިންމީ 1983 ވަނަ އަހަރު ބޭއްވި 22 ވަނަ ޖެނެރަލް އެސެންބްލީގައެވެ.

ގުޅުންހުރި ލިޔުންތައް