އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއަށް ކޮންސަލްޓަންޓެއް ހޯދަން އަލުން ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނީ މަޝްރޫއު ޑިޒައިންކޮށް، ކޮންސަލްޓަންޓެންސީ ދޭން ޝައުގުވެރިވާ މިކަމުގެ ތަޖުރިބާ ހުރި ކުންފުނިތަކަށް އެކްސްޕްރެޝަން އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނީ ދީފައިވާ މުހުލަތުގެ ތެރޭގައި އީއައިއޯ ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.



