މީހުން އުފުލާ ޑްރޯނެއްގެ އުދުހުންތައް އިއްޔެ ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ކާމިޔާބުކަމާއެކު ދައްކާލައިފިއެވެ.
ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ ”މޭނެޑް ޑްރޯން“ އުދައްސައި، އެ ހަރަކާތް ދައްކާލާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގަ އެވެ.
އެ ހަރަކާތް މާދަމާ ހެނދުނު އަދި ހަވީރު ވެސް ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެގޮތުން ހެނދުނު 8:45 ގައި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަން މިނިސްޓްރީން ބުންޏެވެ.
މި ހަރަކާތުގައި ދައްކާލާފައިވަނީ ކޫލްފްލައި ކުންފުނީގެ އެއް ސީޓުގެ ”ޑްރީމް އެސްޓީ“ މޮޑެލްގެ އީވީޓޯލް އުޅަނދެކެވެ.



