- Advertisement -spot_img

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓުއާ ގައިޑް ލައިސަންސް އަންހެނަކަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓުއާ ގައިޑް ލައިސަންސް އަންހެނަކަށް ލިބިއްޖެއެވެ.

ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފުރަތަމަ އަންހެން ޓުއާ ގައިޑެންސް ލިބުނީ އައިޝަތު ޝީނާއަށް ކަމަށެވެ. އަދި އޭނާއަށް މަރުހަބާ ކިޔަން އެ މިނިސްޓްރީގައި މިއަދު ވަނީ ކުޑަ ހަފްލާއެއް ވެސް ބާއްވައިފައެވެ.

އެ ހަފްލާގައި ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީން ވެސް ވަނީ ޝީނާއަށް ތަހުނިޔާ ވިދާޅުވެ ޓުއާ ގައިޑް ޕާސްވެސް އޭނާއަށް ހަވާލުކޮށްފައެވެ. މިހާރު ރާއްޖޭގައި ގަވައިދުތައް އޮންނަ ގޮތުން ޓުއާ ގައިޑްކަން ކުރެވެނީ އެކަމަށް ވަކި ހާއްސަ ކޯހެއް ހަދައިގެންނެވެ. އަދި އެފަދަ ކޯސްތައް ރާއްޖޭގެ ޕޮލިޓެކްނިކްއިން ވެސް ހިންގަމުންދާ އިރު އަންހެނުން ވެސް ދަނީ އެފަދަ ކޯސްތައް ހަދަމުންނެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޓުއާ ގައިޑްކަން ކުރާ އަންހެނުން އިތުރުވާނެ ކަމަށް ބެލެވެއެވެ. ރާއްޖެ އަންނަ ފަތުރުވެރިން ދުވަހުން ދުވަހަށް އިތުރުވަމުންދާ އިރު ޓުއާ ގައިޑުންގެ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް