- Advertisement -spot_img

ވިނަރެސް ކައިރީ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެ

ވިނަރެސް ކައިރީ އެކްސިޑެންޓްގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.

ހުޅުމާލެ 2 ގެ ވިނަރެސް 7 ކައިރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ނިޔާވީ ރޭ ފަތިހުއެވެ.

ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލްގައެވެ.

އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އެ ކުއްޖާ އަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.

ގުޅުންހުރި ލިޔުންތައް