ރާއްޖެ އިސްލާމްވިތާ މި އަހަރު 900 އަހަރު ފުރޭތީ އެކަމާ ގުޅުވައިގެން މައުމޫން ފައުންޑޭޝަނުން މަޒުމޫނު ލިޔުމުގެ މުބާރާތަކަށް ހުޅުވާލައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަނުން ބުނީ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެން ކަ،މަށެވެ. އެއީ 30 އަހަރުން ދަށުގެ އުމުރުފުރަ އާއި 30 އަހަރުން މަތީގެ އުމުރުފުރައެވެ.
ކޮންމެ ބަޔަކުން ވެސް އެއްވަނައަށް ހޮވޭ މީހަކަށް 5،000ރ. ދޭނެ އެވެ. ދެވަނަ އަށް 3،500ރ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ އިނާމެއް ދޭނެއެވެ.
މުބާރާތަށް މަޒުމޫނު ލިޔުމަށް ފަހު، އަންނަމަހުގެ 1 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޮނުވަން ޖެހެއެވެ.
މައުމޫން ފައުންޑޭޝަނުން މި އަހަރު ގައުމީ ޅެން ހެދުމުގެ މުބާރާތެއް ވެސް ބޭއްވިއެވެ.



