- Advertisement -spot_img

ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި

ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން ވަނީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ.

އެގޮތުން މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރީ ސ.ފޭދޫ، އާާބާދީގެ، ޣާޒިޔާ ފަތުހީއެވެ. އޭނާއަކީ މިހާރުވެސް ފިނޭންސް މިނިސްޓްރީގެ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، ހއ.ތަކަންދޫ، ރަތްވިލާގެ، ,ހުސައިން އަބްދުލް ވާހިދު ވެސް ވަނީ އައްޔަނުކޮށްފައެވެ. ވާހިދުއަކީ މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޓްރެޝަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓްގައި އެކައުންޓެންޓްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، ސ.ހިތަދޫ، މީނާޒް، އީނާސް ނަސީރު ވެސް ވަނީ އައްޔަނުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް