ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޮނާލްޑޯގެ ޕޯޗުގަލް ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު އިތުރު ވަގުތާ ދިމާލަށް ދަނިކޮށް، 91 ވަނަ މިނެޓުގައި ސްޕެއިނަށް ގޯލް ޖަހައިދީ، އެޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދިނީ މިކޭލް މެރީނޯއެވެ. ފެރާން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު މެރީނޯ ފޮނުވާލީ ސީދާ ކަނަށެވެ.
މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕެވެ. ރޮނާލްޑޯއަކީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އުމުރުން 41 އަހަރުގައި މިހާތަނަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ ވެސް މެއެވެ.



