އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލުން އާ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން މިފަހަރު ލީގަށް ޕްރޮމޯޓްވި ކޮވެންޓްރީ ސިޓީ 3-0 އިން ބަލިކޮށްފިއެވެ.
ކޮވެންޓްރީ އަކީ މިދިޔަ ސީޒަނުގެ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމު ކަމަށްވާއިރު، އެޓީމުގެ ކޯޗަކީ ޗެލްސީގެ ލެޖެންޑް، ފްރޭންކް ލަމްޕާޑް އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު އާސެނަލުން ކާމިޔާބުކުރީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ. މިއީ، އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ދިން ބޯޅައަކުން ކައި ހަވާޓްޒް ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލު ސަކާ ކާމިޔާބުކުރީ އާސެނަލްގެ ޒޯލިސް ނެގި ހުރަަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޮވެންޓްރީގެ ކީޕަރު، ކާލް ރަޝްވޯތު އަތުގަައި ޖެހިފައި ނިކުތުމުން ލިބުނު ބޯޅައަކުންނެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށް ފަހު މި ހާފުގައި އާސެނަލުން ވަނީ ކޮވެންޓްރީގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
ލީގުގެ ދެވަނަ މެޗުގައި އާސެނަލުން ބައްދަލުކުރާނީ އެސްޓަންވިލާއާއެވެ. ކޮވެންޓްރީ ނިކުންނާނީ ލީގަށް މިފަހަރު ޕްރޮމޯޓްވި ހަލް ސިޓީއާ އެވެ.



