- Advertisement -spot_img

ފުލިދޫގައި ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ވ. ފުލިދޫގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޯޓު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ވޮލީބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ފުލިދޫގެ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. މި ކޯޓުގެ ސަބަބުން ވ. އަތޮޅުގައި ވޮލީބޯޅަ ފުޅާކޮށް ހުނަރުވެރި ކުޅުންތެރިން އުފެދުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން އަންނަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އެގޮތުން ވޮލީ ކޯޓުތަކާއި، ފުޓްބޯޅަ އަދި ފުޓްސަލް ދަނޑުތަކުގެ އިތުރުން ދުވާ ޓްރެކުތަކުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި އާންމުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް