- Advertisement -spot_img

ވޯލްޑް ކަޕްގައި ރައީސް މުޢިއްޒުގެ ސަޕޯޓް އާޖެންޓީނާއަށް

ފީފާ ވޯލްޑް ކަޕްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށްކަން ހާމަކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، ވޯލްޑް ކަޕްގެ ސްޕޮންސާއެއް ރާއްޖެއަށް ފޮނުވި، މުބާރާތުގެ ރަސްމީ ބޯޅާގައި ސޮއިކުރެެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވަނީ ވޯލްޑް ކަޕް ކާމިޔާބުކުރައްވާނީ ކޮން ޓީމެއްތޯ ރައީސްގެ އަރިހުން ސުވާލުކުރައްވައިފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެންމެ ކުޑައިރުންސުރެ ވެސް އެމަނިކުފާނު ސަޕޯޓްކުރައްވަނީ އާޖެންޓީނާއަށް ކަމަށެވެ. އަދި އިންގްލެންޑަކީ ވެސް ސަޕޯޓްކުރާ ޓީމެއް ކަމަށާއި، އާޖެންޓީނާއަށް ތަށި ނުލިބިއްޖެ ހާލަތެއްގައި އިންގްލެންޑަށް ތަށި ލިބުނީމަ ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާޖެންޓީނާ އަކީ 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް މުބާރާތް ވެސް ކާމިޔާބު ކުރި ޓީމުކަން ފާހަގަކޮށްލަންޖެހެއެވެ. އާޖެންޓީނާއިން ވަނީ މި މުބާރާތް ތިން ފަހަރުގެ މަތިން ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އެ ޓީމުގެ ކެޕްޓަން މެސީއެވެ.

ގުޅުންހުރި ލިޔުންތައް