- Advertisement -spot_img

ހިތަދޫ އެކްސިޑެންޓްގައި އަނިޔާވި ރާމިޒު ނިޔާވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫގައި މިދިޔަ ހަފުތާ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އިތުރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެ ހާދިސާގައި ނިޔާވީ އައްޑޫ ސިޓީ، ހިތަދުއަށް ނިސްބަތްވާ ރަމީޒް އަބްދުﷲއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ވީޑިއޯގައި ފެންނަނީ ހިތަދޫގެ މަގަކުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މަންޒަރެވެ. 

އެ އެކްސިޑެންޓްގައި ރާމިޒް ދިޔައީ ވިއްސައިގެންނެވެ.

ރާމިޒު ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް