- Advertisement -spot_img

މިދިޔަ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުވެސް ދައްކާ ޚަލާސްކޮށްފި

މިދިޔަ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯން މިއަދު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ބޮޑު ލޯންގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ސޯލިހްގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށެވެ.

ކުރީގެ ސަރުކާރުން އެ ލޯން ދެއްކުމުގެ ބަދަލުގައި އިންޑިއާ ސަރުކާރަށް ހުށަހަޅައިގެން ދިޔައީ އެއް އަހަރުން އަނެއް އަހަރަށް ލޯން ރޯލް އޯވާ ނުވަތަ ލޯން ދެއްކުން ފަސްކުރަމުންނެވެ. އެކަމަކު، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކަވައިފައެވެ. އެހެންވެ، ބާކީ 100 މިލިއަން ޑޮލަރުގެ ލޯން މި އަހަރު ދައްކަން ޖެހުނެވެ. މި ލޯންތައް މި ވެރިކަމުގައި ވެސް ދިޔައީ ރޯލް އޯވާ ކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް