ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭގަ ކުޅެވުނު މެޗުތަކުން ޔޫރަޕްގެ ބޮޑެތި ޓީމުތައް ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުޖެ ފުތަތަމަ ލެގްގައި ޔޫރަޕްގެ ބޮޑެތި ޓީމުތަކުން ފޯރިގަދަ މެޗުތަކެއް ރޭ ކުޅެފިއެވެ.

ފްރާންސް ގައި ރޭގައި ކުޅެވުނު މެޗުގައި ލިވަޕޫލް ވަނީ ޕީއެސްޖީގެ މައްޗަށް 0-1 ގެ ކާމިޔާބީއެއް ހޯދާފައެވެ. މިމެޗްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިވަޕޫލްގެ ހާވީ އެލިއޮޓްއެވެ. ޕީއެސްޖީ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ގުނަ ހަމަލާތައް ހެދި ނަމަވެސް، ލިވަޕޫލްގެ ގޯލްކީޕަރ އަލިސަން ބެކަރ ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ސޭވްތަކެއްކޮށް ކްލީން ޝީޓެއް ހިފަހައްޓާފައެވެ. އެންފީލްޑްގައި ކުޅޭ ދެވަނަ ލެގުގެ މެޗުން ޕީއެސްޖީ އަށް މޮޅުވުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ލިވަޕޫލުން މިވަނީ ކުއާޓާ ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުކޮށްފައެވެ.

އަލިއަންޒް އަރީނާގައި ކުޅުނު މެޗުގައި ބަޔަން މިއުނިކް ވަނީ ބަޔަރ ލެވަކިއުޒަންގެ މައްޗަށް 3-0 ބޮޑު ކާމިޔާބީއެއް ހޯދައި ކުއާޓާ ފައިނަލްގެ ޖާގައއް ގާތްގަނޑަކަށް ކަށަވަރުކޮށްފައެވެ. މި މެޗުގައި ހެރީ ކޭން ވަނީ ދެ ގޯލު ޖަހާފައެވެ. އޭގެ ތެރޭގައި ވީއޭއާރު މެދުވެރިވެގެން ދިން ޕެނަލްޓީއެއްވެސް ހިމެނެއެވެ. އަދި ގޯލް ކީޕަރަށް ހެދުނު މިސްޓޭކަކުން ޖަމާލް މުސިއާލާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. އަނިޔާގައި ހުރުމަށްފަހު އަލަށް ކުޅެއްފެށި ބަޔަން މިޔުނިކްގެ މިޑްފީލްޑަރ ޖޮޝުއާ ކިމިޗް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ލެވަކިއުޒަންގެ ނޯޑީ މުކިއެލްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުގެ ކުޅުނީ 10 ކުޅުންތެރިންނާއި އެކުގައެވެ. ރޭގެ މެޗުގައި ބަޔަން އިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ލެވަކިއުޒަންގެ ކުޅުންތެރިންނަށް މާ ބޮޑު ކަމެއް ވަނީ ކުރެވޭގޮތް ނުވެފައެވެ.

ރޭގެ މެޗަށްފަހު ހެރީކޭން ވަނީ މިސީޒަންގައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓަށް އަރާފައި. އޭނާ މިހާތަނަށް 9 ގޯލުވަނީ ކާމިޔާބު ކޮށްދީފައި

ޕޯޗުގަލްގެ ލިސްބަންގައި ރޭގައި ވަރުގަނަ ބާސެލޯނާއިން ނުކުތީ ބެންފީކާއާއި ދެކޮޅަށެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބެންފީކާގެ ޕައު ކުބާސީއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެޓީމު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. މެޗުގެ ހާއްސަ ވަގުތަކީ 61 ވަނަ މިނެޓުގައި ބާސެލޯނާގެ ރަފީންހާ ބޮކްސުން ބޭރުން ޖެހި ވަރުގަދަ ޝޮޓެވެ. މި މެޗުގައި ބާސެލޯނާގެ ގޯލްކީޕަރ ވޯޖެކް ޝެޒްނީ ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދައްކައި، ގިނަ މުހިންމު ސޭވްތަކެއްކޮށް ބާސެލޯނާގެ ލީޑު ހިފަހައްޓައިދީފައެވެ. މިމެޗް ނިމުނީ 1-0 ގެ ނަތީޖާއަކުން ބާސެލޯނާ މެޗް ކާމިޔާބުކޮށް ކުއާޓާ ފައިނަލްގެ ޖާގައަށް އެއްފިޔަވަޅު ކުރިޔަށް އަޅައިގެންނެވެ. 

އިންޓަރ މިލާން ވަނީ ފެޔެނޫޑްގެ މައްޗަށް ރަށުން ބޭރުގައި 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ލައުޓާރޯ މާޓީނެޒް އަދި މާކަސް ތުރާމް ވަނީ ގޯލު ޖަހާފައެވެ. އިޓާލިއަން ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިޓީމުތަކުގެ މެދުގައި ކުޅެވޭ ދެވަނަ ލެގްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. މި މެޗުތަކަށް ދާއިރު ޔޫރަޕްގެ ބޮޑެތި ޓީމުތަކުން މިވަނީ ގާތްގަނޑަކަށް ކުއާޓާ ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް