ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި އެކުދިންގެ ބައްޕަ މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު 15:10 ހާއިރު މޫދުގައި ދެ ކުދިން އޮޔާދާތީ އެކުދިން ސަލާމަތް ކުރަން ދިޔަ އެކުދިންގެ ބައްޕަ ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
އުމުރުން 63 އަހަރުގެ އެމީހާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.
ނަމަވެސް އޮޔާދަނިކޮށް ސަލާމަތް ކުރި ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.



