- Advertisement -spot_img

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

އދ. އަތޮޅުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ފެންފުށީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް ޖަރުމަނުގެ ފިރިހެނެއް މަރުވެގެން ހެނދުނު 10 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް ނުދެއެވެ.

އއ. އަދި އދ. އަތޮޅުގައި ކަނޑުމަތީގެ މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.

ގުޅުންހުރި ލިޔުންތައް