- Advertisement -spot_img

ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފި

މި ސީޒަންގެ ޔޫއެފާ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 7-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ވަނީ ކަށަވަރުކޮށްފައެވެ. ނިއުކާސަލްގެ ދަނޑުގައި މިދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ވާދަވެރި ކުޅުމަކަށްފަހު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ބާސެލޯނާ އިން ކުއާޓާ ފައިނަލް ޔަގީންކުރީ 8-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ގަލްތަސަރާއީ ބަލިކޮށް ލިވަޕޫލުން އެޓީމުގެ އަސްލު ފެންވަރު ދައްކާލައިފައެވެ. މިދެޓީމު ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ގަލަތަސަރާއިން ކާމިޔާބުކުރިއިރު، ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 4-1 ގެ އެގްރިގޭޓް ނަތިޖާއަކުން ގަލަތަސަރާއީގެ މައްޗަށް ކުރިހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި 4-1 ގެނަތީޖާއަކުން އިޓަލީގެ އެޓަލާންޓާ ބަލިކޮށް ބަޔާން މިޔުނިކުން ވެސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއެވެ. މިދެޓީމުގެ އެޓަލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ފަސޭހަކަމާއެ 6-1 ގެ ތަފާތުބޮޑުނަތީޖާއަކުން ބަޔާން މިޔުނިކުން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކުއަޓާގެ ޖާގައް ކަށަވަރުކުރީ 10-2 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުން އެޓަލާންޓާގެ މައްޗަށް ކުރިހޯދުމަށްފަހުއެވެ.

މިޓީމުތަކުގެ އިތުރުން އިނގިރޭސިވިލާތުގެ އާސެނަލްއާއި، ޕޯޗުގަލްގެ ސްޕޯޓިންގ އާއި، ފްރާންސްގެ ޕީއެސްޖީގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑުންވެސް ވަނީ އެޓީމުތައް ކުޅުނު މެޗުތައް ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ކުއާޓާ ފައިނަލްގައި އާސެނަލް ނުކުންނާނީ ސްޕޯޓިންގ އާއި ދެކޮޅަށެވެ. ރެއާލް މެޑްރިޑް ބެޔާން މިޔުނިކްއާއި ބައްދަލުކުރާއިރު، ބާސެލޯނާ ނުކުންނާނީ ވާދަވެރި އެތްލެތިކޯ މެޑްރިޑާއި ދެކޮޅަށެވެ. އެނެމް ފަހުގެ ޗެންޕިއަން ޕީއެސްޖީ ބައްދަލުކުރާނީ ލިވަޕޫލާއިއެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 7 އަދި 8 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް