- Advertisement -spot_img

މާލޭގެ އިތުރު ގުދަނެއްގައި ރޯވެ އަނދަނީ

މާފަންނު ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެފައިވާތީ، އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި އެތަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. ވަރަށް ބޯކޮށް ދުންއަރާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ނޭނގެއެވެ.

މީގެއިތުރުން މިއަދު ހެނދުނު ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގުދަނެއްގައި ވެސް ބޯޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ތިން ގަޑިއިރުގެ މަސައްކަތުން ސިފައިން އެ އަލިފާން ނިއްވާލިއިރު، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް