މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާޗް މަހުގެ 20 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވުނު ބައްދަލުވުމަށް ފަހު އާއްމުކުރި ގަރާރުގައި މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާފައެވެ.
މިއަދު ދިވެހިރާއްޖެއަށާއި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައިނުވާތީ، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މާރިޗު މަހުގެ 20 ވާ ހުކުރު ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، މާދަމާއަކީ މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އަދި މި ހިނގާ މާޗް މަހުގެ 20 ވާ ހުކުރު ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.



