- Advertisement -spot_img

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި

މާލޭގައި އާއްމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައާއި ޕާކިން ޒޯނުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި ގަވާއިދާ ހިލާފަށް ފާކުކޮށްފައި ހުރި އުޅނަދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯން ތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މިއަދުން ފެށިގެން ޓޯވ ކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތުން މާލޭގެ އެކިތަންތަނުގައި ބަހައްޓާފައިހުރި އެއްގަމު އުޅަނދުތައް ރޭގެ 23:30ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިއްޔެ އެދިފައެވެ. އަދި އެ ތާރީހުގެ ފަހުން މާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯން ތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ޓޯވްކޮށް ފުލުހުން ކަނޑައަޅާފައިވާ ތަންތަނަށް ގެންދާނެ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ފުލުހުން ވަނީ އެކަން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައެވެ. މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް