- Advertisement -spot_img

ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް ރާއްޖެއާއި ޗައިނާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އާ ދެމެދު ޓެކްނޮލޮޖީ އެއްބާރުލުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައި ކުރިޔަށްގެންދިޔަ މި ސޮއިކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި ގޮތުގައި މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމުގައި ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އަދި ޗައިނާއަކީ ރާއްޖެއަށް އެކިއެކި ގޮތްގޮތުން އެހީތެރިވާ ޤައުމެކެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުފައިވަނީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރާނީ ހުރިހާ ޤައުމުތަކާއެކުވެސް ގާތްގުޅުމެއް އުފައްދައި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފުރިހަމަކުރުމަށް އެފަރާތްތަކުން އެހީއާއި މަދަދު ލިބޭނެ ގޮތަކަށްކަމަށެވެ.

ގުޅުންހުރި ލިޔުންތައް