ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ހަމާސްއިން 3 އިސްރާއީލު ރަހީނުން ދޫކޮށްލުމުން، އިސްރާއީލުން 369 ފަލަސްތީނު މީހުން ދޫކުރަން ފަށައިފި

ފަލަސްތީނު އަދި އިޒްރާއިލްގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން މިއަދު ހަމާސްއިން އިސްރާއީލްގެ ތިން ރަހީނުން ދޫކޮށްލުމާއި ގުޅިގެން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 369 މީހުން ދޫކުރަން ފަށައިފިއެވެ.

ހަމާސްގެ ހަނގުރާމަވެރިން މިއަދު ޚާން ޔޫނިސްގައި އިސްރާއީލުގެ ތިން ރަހީނުން އިސްރާއިލްގެ ސަލާމަތީ ބާރުތަކާއި ހަވާލުކުރުމާއި ގުޅިގެން އޭގެ ކުޑައިރުކޮޅެއް ފަހުން، ދޫކޮށްލެވުނު ފަލަސްތީނު ޖަލު ބަންދުގައި ތިބި މީހުންނާއި ހައްޔަރުކޮށްފައިވާ މީހުން އުފުލާ ފުރަތަމަ ބަސް އިސްރާއީލުން ވެރިވެގެންފައިވާ ވެސްޓް ބޭންކުގައި ހުރި އިސްރާއީލުގެ އޮފަރ ޖަލުން ދިޔަ މަންޒަރު ވަނީ ދައްކާފައިވެއެވެ. އެ ބަސް ރާމަﷲއަށް އައުމުން ފަލަސްތީނު ދިދަ ހިފައިގެން ތިބި މީހުން އުފާފާޅުކުރަމުން ދިޔައެވެ. އަދި ފުރިހަމަ ސިއްހަތުގައި ތިބި އިސްރާއިލްގެ އަސީރުން ފެނުމުން އެޤައުމުގައިވެސް ވަނީ އުފާ ފާޅުކޮށްފައެވެ.

”އަޅުގަނޑުމެން ދޫކޮށްލާނެ ކަމަކަށް އުންމީދެއް ނުކުރަން. އެކަމަކު މާތްﷲ މަތިވެރިވަންތަވެ ވޮޑިގެންވޭ“ ވެސްޓް ބޭންކުގެ ބެތްލެހެމް ރަށުގެ 70 އަހަރުގެ މޫސާ ނަވާރުވާ ބުންޏެވެ. އޭނާއަކީ ވެސްޓް ބޭންކުގައި އިސްރާއިލް ސިފައިން މެރުމުގެ ކުށުގައި ޙުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. އަދި އޭނާއަކީ އަލް އަޤްސާ މާޓަރސް ބްރިގޭޑްސް ހަނގުރާމަވެރި ގްރޫޕުގެ ކުރީގެ ކޮމާންޑަރުވެސްމެއެވެ.

ތިން އިސްރާއީލީންގެ ބަދަލުގައި 369 ފަލަސްތީނުން ދޫކޮށްލުމުން، ޖަނަވަރީ 19 އިން ފެށިގެން ހިނގަމުންދާ 42 ދުވަހުގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމުގެ ކުރިން އެއްބަސްވުން ނުހުއްޓުވި ކުރިޔަށް ވަނީ ގޮސްފައެވެ. މީގެ ދެ ދުވަސްކުރިންވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެގޮތަށް ކުރިޔަށް ނުގޮސް ހަނގުރާމަ އަލުން ފެށިދާނެކަމުގެ އަޑުތައްވެސްވަނީ ފެތުރިފައެވެ. މި އެއްބަސްވުމަކީ 15 މަސްދުވަސްވަންދެން އިސްރާއިލްގެ ފަރާތުން ގާޒާގައި ކުރިޔަށް ގެންދިޔަ ނަސްލު ނައްތާލުމުގެ ވޭންދެނިވި ހަނގުރާމައަކަށްފަހު ވެފައިވާ އެއްބަސްވުމެކެވެ.

ގުޅުންހުރި ލިޔުންތައް