- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ އަށް ދުވާފަރުން ހޫނު މަރުޙަބާއެއް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާޅޮސްމަޑުލު އުތުރުބުރި ދުވާފަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް އެރަށުން ރައީސް ޑރ.މުއިއްޒުއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ދުވާފަރަށް މި ކުރެއްވި ޒިޔާރަތުގައި އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރުން، ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫއާއި، އަސާސީ ހިދުމަތްތަތް ތަރައްގީކުރުމާއި އަދި މިނޫންވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވާ، ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކްފާނުގެ އިތުރުން އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަދި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް