އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރުގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި ކަލާފާނު ސްކޫލްގައެވެ.

ރައްޔިތުނާއެކު ރައީސް ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގައި، ރައްޔިތުންގެ އަޑު ރައީސް އަންނަނީ އައްސަވައި ހައްލުކޮށް ދެއްވަން ޖެހޭ ކަންކަން ހައްލުކޮށް ދެއްވަން މަސައްކަތް ކުރައްވަމުންނެވެ.

މާލެ ސަރަޙައްދުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވަން ފެއްޓެވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ފަހު އެވެ.

ރައީސް މިހާތަނަށް ވަނީ ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް