އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މަޖިލީހުގެ މި ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު ދަންމައިލަން މިއަދު ފާސްކޮށްފިއެވެ.

އެކަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކޯޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވީ ތިން ވަނަ ދައުރު އަންނަ މަހުގެ 4 އާ ހަމައަށް އިތުރުކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ނިންމަން ހުރި މަސައްކަތްތަކަށް ހުރުމާ އެކު އެ މަސައްކަތްތައް ނިންމުމުގެ ގޮތުންނެވެ.

އެގޮތުން ދައުރު އިތުރުކުރަން ފެންނަ ފާސްވީ 55 މެންބަރުން ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަތް މެންބަރެކެވެ.

ގުޅުންހުރި ލިޔުންތައް