އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް އިފްތިތާހްކޮށްފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ލޯގޯ އަލުން ރީބްރޭންޑްކޮށް، އައު ލޯގޯ އިފްތިތާހްކޮށްފިއެވެ.

އާރުޑީސީގެ ލޯގޯ އަލުން ރީބްރޭންޑްކޮށް، އައު ލޯގޯ އިފްތިތާހްކޮށްކޮށްފައި ވަނީ އެ ކުންފުނި އުފެއްދިތާ 6 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި އާރްޑީސީގެ އައު ލޯގޯ އިފްތިތާހްކޮށްދެއްވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

އާރްޑީސީ އަކީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ، ސަރުކާރުގެ 100% ހިއްސާ އޮންނަ ކުންފުންޏެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢުމްރާނީ މަޝްރޫޢުތަކެއް ކުރިއަށްގެންދަން މި ކުންފުންޏާއި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

އާރްޑީސީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު ހެދުމާއި، ދާލަންތައް މަރާމާތުކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތަކާއި، އިމާރާތްކުރާ ސާމާނު ފޯރުކޮށްދިނުމުގައިވެސް އެ ކުންފުނިން މުހިންމު ދައުރެއް އަދާކުރެއެވެ.

އާރުޑީސީގެ އަހަރީ ޚާއްސަ ރަސްމިއްޔާތުގައި، ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ތަފާތު 8 ދާއިރާއަކުން ޚާއްސަ އެވޯޑްތައްވެސް ވަނީ ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް