ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

މި ދެ އަހަރު ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް ޤާސިމްގެ ތަޢުރީފު

މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތައް ފާހަގަ ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ތައުރީފު ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމަށެވެ.

މީގެ އިތުރުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރައީސް އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ اللهގެ ރަޙްމަތާއެކު ކާމިޔާބުގެ މަގަށް ދަތުރުކުރާ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

އަދި މިކުރު މުއްދަތުގައި ހާސިލް ކުރި ކާމިޔާބީތަކުން ދައްކުވައިދެނީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުންކަން ޔަޤީންކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމަންޓްރީ ގުރޫޕަށް މިއުފާވެރި މުނާސަބަތުގައި ސާބަސް ދެއްވާފައެވެ.

ޤާސިމް އިބްރާހީމްގެ ޕޯސްޓް ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ބަރަކާތްލައްވައި، ފާގަތި މުސްތަޤްބަލެއް ދެއްވައި، މި ޤައުމަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް