ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލިސް ރައީސް ރާއްޖެ ވަޑައިގެންފި

އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ރާއްޖެ ވަޑައިގެންފިއެވެ.

އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް ކުރިއަށްގޮސްފައިވަނީ މިމަހުގެ 10 އިން 12 ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ރައީސް ވަނީ ތަޤުރީރުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ތަޤުރީރުގައި ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ވަނީ ގޮވާލައްވާފައެވެ.

މަޖިލިސް ރައީސްގެ ވާހަކަފުޅުގައި މި ކޮންފަރެންސް ބޭއްވުމަށް ޕާކިސްތާނުން އިސްނަގައި ކުރި މަސައްކަތަށް ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި އައި.އެސް.ސީއަކީ ދުނިޔޭގެ އެކި ގޮންޖެހުންތަކާ ގުޅިގެން ޕާލިމެންޓަރީ ފިޔަވަޅު އެޅުމަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އޮފް ޕާކިސްތާނުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް