އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސް ކެނޑުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބާއްވާ މަސް ކެނޑުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 13 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އެ މުބާރާތުގެ މަގްސަދަކީ ދިވެހީންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މިއީވެސް މަސްވެރި ސިނާއަތުގައި މުހިންމު މަސައްކަތެއްކަން އަންގާދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިމުބާރާތަކީ ދެޖިންސުގެ ބޭފުޅުން އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެކެވެ.  

އެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. މިފޯމްގެ ލިންކް އަދި މިމުބާރާތާ ގުޅޭ އިތުރު މައުލޫމާތާއި ގަވާއިދު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

މުބާރާތުން އެއްވަނަ އަށްދާ ޓީމަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 3000 ރުފިޔާއެވެ. ދެވަނައަށް ދާ ޓީމަކަށް 2000 ރުފިޔާ ދޭއިރު ތިން ވަނައަށްދާ ޓީމަކަށް ދެނީ 1000 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް