spot_img

ޖުވާ ކުޅުނު 38 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅުމުގެ އިތުރުން ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު ކުށްތަކެއް ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި 38 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން އަތުލައިގަނެފައި ވަނީ ބިދޭސީންތަކެއް ގުޅިގެން މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އިއްޔެ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ވަނީ މާލޭގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފަ އެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ.

ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެމީހުން ޑީޕޯޓްކުރުމަށްޓަކައި، މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

spot_img

ގުޅުންހުރި ލިޔުންތައް