އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އަންނަ އަހަރުގެ ވޯލްޑް ކަޕަކީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް

އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށާއި، އެހެން ނަމަވެސް، ފުޓްބޯޅައިން ރިޓަޔާކުރާނެ ދުވަހެއް އަދި ޔަގީންނުވާ ކަމަށް ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރިޔާދުގެ ޓޫރިޒަމް ފޯރަމްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އަންނަ އަހަރުގެ ވޯލްޑް ކަޕަކީ ޔަގީނުން ވެސް އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ.

”ޔަގީންކަމެއް ދެން އޮތީ އަހަރެންގެ ފަހު ވޯލްޑް ކަޕް، އަހަންނަށް އަންނަ އަހަރު 41 އަހަރު ފުރޭނެ، ފުޓްބޯޅައިގައި އަހަންނަށް ހުރިހާ ކަމެއް ކުރެވިއްޖެ، މި ކަމުގެ ތެރޭގައި 25 އަހަރު އުޅެވިއްޖެ، އަހަންނަށް ގިނަ ރެކޯޑްތަކެއް ގައުމީ ޓީމާއި ކްލަބްތަކުގައި އެކި ހާލަތްތަކުގައި ހެދިފައި އެބަހުރި، މިއީ ހައްތަހާ ވެސް ފަހުރުވެރިވެވޭނެ ކަންކަން،“ ޕޯޗުގަލް ގައުމީ ޓީމަށް 143 ގޯލު ޖަހައި، ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހޯލްޑަރު ރޮނާލްޑޯ ބުންޏެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއަރުގައި ކްލަބާއި ގައުމީ ޓީމަށް 953 ގޯލު ޖަހާފައިވާއިރު، އޭނާ ވަނީ ޕޯޗުގަލްއާ އެކު، 2004 ވަނަ އަހަރުގެ ޔޫރޯގެ ފަހުން ބައިނަލްއަގުވާމީ ބޮޑެތި ހުރިހާ މުބާރާތެއްގައި ކުޅެ، ޔޫރޯ ފުޓްބޯޅަ މުބާރާތާއި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ހަފްތާގައި އަޔަލެންޑް ބަލިކޮށް، ޕޯޗުގަލް އަށް އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރެވޭނެ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ކުޅެފިނަމަ، އެ ވެގެންދާނީ އޭނާގެ ހަ ވަނަ ވޯލްޑް ކަޕަށެވެ.

ގުޅުންހުރި ލިޔުންތައް